Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އެވޯޑުތަކެއް ދީފި

ޢާއްމު ސިއްޙަތުގެ ދާއިރާއިން ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ ކާބިޔާބީތަކެއް ހާސިލްކޮށްފައިވާތީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް އެވޯޑުތަކެއް ދީފި އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް އެވޯޑް ދީފައިވަނީ ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ޖެހުން ކޮންޓްރޯލް ކުރެވިފައިވުމާއި، އުމުރުން 5 އަހަރުން ދަށުގެ ކުދިން ނިޔާވާ މިންވަރު މަދުކުރުމާއި، އުފަންވާތާ މަހެއްނުވެ ނިޔާވާ ކުދިންނާއި، ބަނޑަށް 20 ހަފްތާގައި ނިޔަވާ ކުދިންގެ ނިސްބަތް ދަށްކުރެވިފައި ވުމުންނެވެ.

މި އެވޯޑްތައް ދީފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގަ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.