Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ބޯކޮށް ވާރޭވެހި ފޭދޫގައި ފެންބޮޑުވެއްޖެ

އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ފޭދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން މަގުތަކުން ފެން ހިއްކުމުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެފައިވާއިރު، ހެނދުނު 7:30 އާއި ހަމައަށް މުޅި ރާއްޖެ އަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.