Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

މަކަރާއި ހީލަތް ހެދި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ހދ. ނޭކުރެންދޫ ސާޒް، އަބްދުﷲ ރިޝީފް، 35، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުން އަންނަ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިޤޭޝަން ބިލްޑިން އަށް ރިޝީފް ހާޒިރުވާން އަންގާފައިވެ އެވެ.