Last Updated: November 24, 09:48
Sunday, November 24, 2024
ޚަބަރު

ފޭރުނު 3 މީހަކަށް ދައުވާކޮށްފި

ފޭރުނު މައްސަލައެއްގައި ތިން މީހަކަށް ދައުވާކޮށްފި އެވެ

އެ ތިން މީހުނަކީ މއ. މަސްފަން، ޢާއިޝަތު، 43، އާއި މއ. މަސްފަން، މުޙައްމަދު ރީހާން، 27، ގެ އިތުރުން އައްޑޫ ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމް، 35، އެވެ.

މި ތިން މީހުންނަ މިދިޔަ ކީ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް އެ ގޭގެ ބޮއްކެއް ބަދަލުކޮށް ދޭން އެހީވުމަށް އެދި އައިޝަތު، ދިވެހި ފިރިހެނަކު ގެއަށް ވައްދައި ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަ ކުރުވައި އަދި އެ މީޖާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރު ކުރި މީހުންނެވެ.

މި މައްސަލައިގައި ދައުވާކުރި ދެ ފިރިހެނުންނަކީ އެ އަމަލު ހިންމުގައި އައިޝަތާ އެކީ ބައިވެރިވި މީހުންނެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި މައްސައިގައި އެ މީހުންގެ މައްޗަށް ދައުވާކުރި، ދައުވާކޮށް ދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

ޕީޖީ އޮފީހުން ބުނީ ތިން މީހުންގެ މައްޗަށް އުފުލީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާ ކަމަށެވެ.