މަސްތުވާތަކެތި ބޭނުންވާ މީހުންނަށް ފަރުވާ ދޭން ތިނަދޫ ސިޓީގައި ގާއިމުކޮށްގައި ހުރި ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ ކުރިއަށް ގެންދިޔައީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ޑްރަގް އެޖެންސީ އެންޑީއޭ) ގެ ނު ވަނަ ބޯޑު ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ބޯޑުން ވަނީ ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި ޕްރޮގްރާމްތަކަށް ފެސިލިޓޭޓަރުންނަށް ލައިސަންސް ދޭނެ މިންގަނޑެއް ވެސް ކަނޑައެޅުމަށް މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން ޑްރަގް ކޯޓާއި ސީއެސްސީއާ އެކު ކުރަން ޖެހޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރުމަށް ބޯޑުން ނިންމި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ދާދި ފަހުން ވަނީ ގުޅިގެން މަސައްކަތްތަކެއް ކުރަން ގދ. އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެއްބަސްވުންތަކެއްގައި ސޮއި ވެސް ކޮށްފައެވެ.
މީގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭ ގޮތުން މިނިސްޓްރީ އަށް ލަފާ އަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ.