ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސީއީއޯގެ މަގާމަށް ހުޅުވައިލުމާ ގުޅިގެން ކުރިން ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަރީފް އެ މަގާމަށް
ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ގައުމީ ބޭންކަށް ސީއީއޯއެއް ހޯދަން ހުޅުވައިލީ މިދިޔަ މަހުގެ 22 ގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވީ އިއްޔެ ވެ.
ބޭންކުގެ ސީއީއޯކަމަށް ހުޅުވާލުމުން ކުރިމަތި ހަމައެކަނި ދިވެއްސަކީ ޝަރީފެވެ. ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއވުމަށް ފަހު އޭނަ އިސްތިއުފާ ދެއްވީ 2020 ގަ އެވެ. ޝަރީފު އެންމެ ފުރަތަމަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1995 ގަ އެވެ.
ބީއެމްއެލް އިން ދާދި ފަހުން "މާލީ ބަޢާވާތެއް" ގެންނަން އުޅުނު ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަމުން އަންނަކޮށް ކާލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭންކް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ މިހާރު ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވޮ އައިޝަތު ނޫރައްދީނެވެ.