Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އޮޅުވާލައިގެން އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓައިފި

މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގަ އެވެ.

އެގޮތުން އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފަ އެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.