Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑު ރާއްޖެ އަށް

ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި ރިސޯޓް

އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ ޝަރަފުވެރި އެވޯޑް ރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.

މި އެވޯޑް ރާއްޖެ އަށް ލިބިފައިވަނީ ދިހަ ވަނަ ވޯލްޑް ސްޕާ އެވޯޑްސްގަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެ އެވޯޑު ލިބުމަކީ ދުނިޔޭގެ ސްޕާ އަދި ވެލްނެސް ދާއިރާގައި ރާއްޖޭން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ވަރުގަދަކޮށްދިން ކަމެއް ކަމަށެވެ.

މި އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ ތިން ކެޓެގަރީއަކުން އެވޯޑުތައް ލިބިފަ އެވެ. އެއީ:

– އިންޑިއަން އޯޝަންގެ ބެސްޓް ވެލްނެސް ރިޓްރީޓް އަދި، މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024: ޖޯލި ބީންގް
– މޯލްޑިވްސްގެ ބެސްޓް ރިސޯޓް ސްޕާ 2024: ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި

ފަތުރުވެރިކަމުގެ ދާއިރާގެ ޝަރަފުވެރި އެވޯޑުތަކެއް ރާއްޖެ އަށް ލިބިފައިވާއިރު، ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ މި އަހަރު ވެސް ވަނީ ނޮމިނޭޓްވެފަ އެވެ.