Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، ޢަބްދުﷲ ފަޞީހް (24އ) އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.