އިޓަލީ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެއްލާ ސަންޓަންޗޭއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ފައިސަލް ވިދާޅުވީ މި ބައްދަލުވުމުގައި އިޓަލީން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި އަދި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.
Honored to have met Her Excellency Minister of Tourism of Italy Daniela Santanchè (@DSantanche)
We discussed strategies to boost Italian tourist arrivals in the Maldives, facilitate investments from Italian businesses, and explore further collaborations. pic.twitter.com/MDUw4LC1hl— Ibrahim Faisal (@ifaisalofficial) October 9, 2024
ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އިޓަލީން ވަނީ 108،463 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. އިޓަލީ އަކީ މިހާރު ފަސްވަނަ އަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.