Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އުރީދޫން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.

އުރީދޫން ބުނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އެކި ހިދުމަތް ދޭ ތަންތަނަށް ކުންފުނީގެ އިސްވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ޚާލިދު އަލް ޚަމާދީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކްތައް އަޑުއަހާފަ އެވެ.

އުރީދޫން ބުނީ މުޅި ދުވަހުގެ އެކި ވަގުތުތަކުގައި އުރީދޫގެ ސީނިއާ މެނޭޖްމަންޓާއި ޑިޕާޓްމަންޓްގެ އިސް ވެރިން ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކުރި ކަމަށެވެ. އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އާ ގޮތްތައް ދެނެގަނެވިފައިވާ ކަމަށްވެސް އުރީދޫން ބުނެ އެވެ.

އުރީދޫގެ ކަސްޓަމާ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މައުލޫމާތު އެއްކޮށްގެން، އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.