Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އައްޑު އާއި ފުވައްމުލަކު ނޭޗާ ޕާކް ތަރައްގީ ކުރަނީ

އައްޑު އާއި ފުވައްމުލަކު ސިޓީގެ ނޭޗާ ޕާކު ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ސަރުކާރާއި، ޔޫއެންޑީޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.

މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީއެފްސީ.އާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކު އައުކޮށް، ތަރައްޤީކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، އައްޑު އާއި ފުވައްމުލަކު ނޭޗާ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ސަބަބުން އައްޑު އާއި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.