Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ހުޅުވާލައިިފި

މި އަހަރުގެ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ހުޅުވާލާފައިވަނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދަން އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ.

އެ އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓްރީން ބުނީ، އެ ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ހަމަވާ މީހުން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުށަހެޅުމަށް އެދިފަ އެވެ.

އެ އެވޯޑްތައް ދޭނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާގަ އެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު 10 އެވެ.