Last Updated: November 25, 20:08
Monday, November 25, 2024
މުނިފޫހިފިލުވުން

މިތުންގެ ދަރިފުޅުގެ ހޮރޯ-ކޮމެޑީއެއް

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، މިތުން ޗަކްރަބަތީގެ ދޮށީ ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ މިމޯ) ގެ ހޮރޯ-ކޮމެޑީއެއް ޑިސެމްބަރުގައި ގެނެސްދޭން ނިންމައި އޭގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

ޑިސެމްބަރު 25 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ނަމަކީ "އޯޔޭ ބޫތުނީކޭ" އެވެ. އަޖޭ ކައިލާޝް ޔާދަވް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ރޯހިތު ސޫރިއަވަންޝީ، އަދިތިއާ ކުމާރު، ނިކިތާ ޝަރުމާ، އަމިތު ސިންހާ އަދި ޑަޔާނާ ޚާން ހިމެނެ އެވެ.

ބޮލީވުޑުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ މިމޯ، 40، އާ ފިލްމަކުން ބެލުންތެރިންނާ ބައްދަަލުކުރާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ޖޮގީރާ ސަރަ ރާ ރާ" އެވެ.

މިމޯގެ ފުރަތަމަ ފިލްމަކީ 2008 ގެ "ޖިމީ" އެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑައިރެކްޓަރު ވިކްރަމް ބަޓް 2011 ގައި ގެނެސްދިން ބިރުވެރި ފިލްމު "ހޯންޓެޑް-3ޑީ" އެވެ.

މިމޯ އަކީ ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" ގައި ކުރިން ކާވިއާގެ ރޯލު ކުޅުނު ބަތަލާ މަދަލްސާ ޝަރުމާގެ ފިރިމީހާ އެވެެ.