ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމަށް އާ ސެކްރެޓަރީ ޖެނެރަލަލު ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ.
އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ގަވަރނަންސް ލޯ އަދި އެއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިގްރީއެއް އޮތުމެވެ. އަދި ކުޅިވަރާއި ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ފާސް އޮންނަ މީހުންނަށް އިސްކަން ދޭނެ އެވެ. ކުރިމަތިލާ މީހުންގެ ތެރެއިން އިސްކަން ދިނުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ކުޅިވަރު ނުވަތަ ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ އާއި އޭއެފްސީ އާއި، ފީފާ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ރާއްޖޭގެ ކުލަބުތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.
އެސްޖީގެ މައިގަނޑު ޒިންމާ އަކީ އެފްއޭއެމްގެ މަތީ މެނޭޖްމަންޓާ އެކީ ފުޓްބޯޅައާ ގުޅުންހުރި މަސައްކަތްތަށް ކުރުމެވެ.
އެފްއޭއެމްގެ އެ މަގާމުގައި މިހާރު ހުރީ މުޙައްމަދު ޖައުޝަން ޝަރީފެވެ.