Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ނަތީޖާ ނެރުމުގައި ނަފްސާނީ ދުޅަހެޔޮކަން މުހިންމު

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރު މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ، އިންސާނާގެ ސަލާމަތީ ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށާއި، މުރާލި އަދި އުފެއްދުންތެރި މީހަކަށް ވުމުގައި ނަފްސާނީ ދުޅަހެޔޮކަން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. މި ސަބަބުތަކަށްޓަކާ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިސްނަގައިގެން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.