Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑިދާނެ

މާދަމާ ހެނދުނު ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާތީ މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދު ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ކަރަންޓް ކެނޑުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.