ދެކުނު ކޮރެއާގެ މީހަކަށް އަލަށް ނޯބެލް އިނާމު ލިބިއްޖެ އެވެ.
އެ ޝަރަފު މި އަހަރު ލިބުނު އެ ގައުމުގެ ފުރަތަމަ މީހަކީ އަންހެން ވާހަކަ ލިޔުންތެރިޔާ ހޭން ކަންގް އެވެ. އޭނަ އަށް ނޯބެލް އިނާމު ލިބުނީ އަދަބިއްޔާތުގެ ދާއިރާއިންނެވެ.
އަދަބިއްޔާތުގެ ދާއިރާ އިން 1901 އިން ފެށިގެން ނޯބެލް އިނާމު ދެމުން އަންނަ އިރު، ހޭން އަކީ އެ ދާއިރާ އިން އިނާމު ލިބުނު 18 ވަނަ އަންހެނާ އެވެ. އަދި އޭނަ އަކީ 2022 ގެ ފަހުން އަދަބިއްޔާގެ ދާއިރާއިން ނޯބެލް އިނާމު ލިބުނު ފުރަތަަމަ މީހާ އެވެ.
އެންމެ ފަހުން އެ ދާއިރާ އިން އިނާމު ލިބުނީ ފްރާންސްގެ ލިޔުންތެރިޔާ އެނީ އާނޯޒަށެވެ.
ދެކުނު ކޮރެއާގެ ވަރަށް ނުފޫޒު ގަދަ ލިޔުންތެރިއެެއްގެ ގޮތުގައު ފާހަގަކޮށްލެވޭ ހޭން، 53، އަކީ އޭނަ 2007 ގައި ނެރުނު "ދަ ވެޖެޓޭރިއަން" އަށް 2016 ގައި މޭން ބުކާ އިންޓަނޭޝަނަލް ޕްރައިޒް ވެސް ލިބިފައިވެ އެވެ.
ނޯބެލް ޕްރައިޒް ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި ހޭން އަކީ އޭނަގެ ޖާދުވީ ލިޔުންތެރިކަމުން މީހުންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލައި، އޭނަގެ ފޮތްތަކުން މީހުންގެ ހަޔާތަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ވަރަށް ވެސް މޮޅު ލިޔުންތެރިއެކެވެ.
ހޭން ނެރެފައިވާ ފޮތްތަކުގެ ތެރޭގައި "ދަ ވައިޓް ބުކް"، "ހިއުމަން އެކްޓްސް" އަދި "ގްރީކް ލެސަންސް" ހިމެނެ އެވެ.