Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ސައިކަލަކުން ޖެހި ތިން އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

މާލޭގައި ސައިކަލަކުން ޖެހި ތިން އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މަޖީދީމަގު ވިލާމާޓް ކައިރީ ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް މިއަދު މެންދުރު 15:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވެފައިވާ ކަމަށާއި އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ސައިކަލު ދުއްވި މީހާ އަކީ ލައިސެންސް އޮންނަ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.