Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ހައިވޭގައި ސައިކަލުގެ ކޮންޓްރޯލް ކުޑަ ދަރިފުޅަށް، މައްސަލަ ބަލަނީ

ސިނަމާލެ ބްރިޖު ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހައިވޭގައި ދުއްވަމުންދިޔަ ސައިކަލެއްގެ ހުންގާނުގައި ކުޑަ ފިރިހެން ކުއްޖަކު ދެ އަތުން ހިފަހައްޓާލައިގެން އިންނަ މަންޒަރެވެ. ސައިކަލު އިން ފިރިހެން މީހާ އިނީ ހުންގާނުން އެއް އަތް ދޫކޮށްލައިގެންނެވެ.

ފުލުހުން ބުނީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންްޓްރޯލް ކުޑަކުއްޖަކަށް ދީގެން ދުއްވި މައްސަލަ ބަލަމުންދާ ކަމަށާއި އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ.