Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ބްރިޖުގައި ދަތުުރުކުރާ އިރު ސަމާލުވުމަށް އެދިއްޖެ

ސިނަމާލެ ބްރިޖު

ސިނަމާލެ ބްރިޖުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުންގެ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާތީ ބްރިޖު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.