Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ބޮޑު ބަޔަކަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ .އަތޮޅުން ފ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 11 ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.