Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިއްޖެ

-މާލޭގައި މީހަކު ޒަކާތް ދައްކަނީ

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 82 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން ނެރުނު ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެ އޮތޯރިޓީ އަށް މުދަލު ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ވަނީ ބަލައިގަންފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 2.8 މިލިއަން ރުފިޔާ އެވެ.

ސެޕްޓެމްބަރު މަހު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާ އިރު ބޮޑުތަނުން އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުން ދައުލަތަށް ލިބިފައިވަނީ 70 މިލިއަން ރުފިޔާ އެވެ.