Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

ކުޑަކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިނުމުން ފިޔަވަޅު އަޅަނީ

ސިނަމާލެ ބްރިޖު ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހައިވޭގައި ދުއްވަމުންދިޔަ ސައިކަލެއްގެ ހުންގާނުގައި ކުޑަ ފިރިހެން ކުއްޖަކު ދެ އަތުން ހިފަހައްޓާލައިގެން އިންނަ މަންޒަރެވެ. ސައިކަލު އިން ފިރިހެން މީހާ އިނީ ހުންގާނުން އެއް އަތް ދޫކޮށްލައިގެންނެވެ.

ފުލުހުން ބުނީ އެ ސައިކަލު ދުއްވި މީހާ މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ގަސްތުގައި ކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ޓްރެފިކް ގާނޫނާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.