Last Updated: November 25, 17:58
Monday, November 25, 2024
މުނިފޫހިފިލުވުން

އިތުރު ދަރިންތަކެއް ހޯދާނަން: އާލިއާ

އިތުރު ތަރިންތަކެއް ހޯދުމަކީ އުންމީދެއް ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އިއްޔެ ސިނަމާތަކަށް ގެނައި އޭނަގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ" ގެ ޕްރޮމީޝޯންގެ އައިއެމްޑީބީގެ "އައިކަންސް އޮންލީ" ސެގްމަންޓަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ބުނީ ދެމަފިރިން ވެސް އިތުރު ކުދިންތަކެއް ބޭނުންވާ ކަމަށެވެ.

"އަހަރެންގެ އުންމީދެއް އިތުރު ދަރިން ހޯދުމާއި ވަރަށް ގިނައިން ޓްރެވެލް ކުރުމަކީ ވެސް،" އާލިއާ ބުންޏެވެ. "ބޭނުން ވަނީ ވަރަށް އުފާވެރި، ދުޅަހެޔޮ ހަޔާތެއް."

އިތުރު ދަރިންތަކެއް ހޯދާނެކަމުގެ އިޝާރާތެއް އާލިއާ ދިން އިރު، 31 އަހަރުގެ ބަތަލާގެ އަލަތު ދަރިފުޅު ރާހާ ކަޕޫރަށް އަންނަ މަހުގެ 6 ގައި ދެ އަހަރު ފުރޭނެ އެވެ. އާލިއާ އާއި ރަންބީރް ކައިވެނިކުރީ 2022 ގަ އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާލިއާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. މިދިޔަ އަހަރު "ހާޓް އޮފް ސްޓޯން" ކިޔާ ހޮލީވުޑްގެ ފިލްމަކުން ވެސް ފެނިފައިވާ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަލްފާ" އާއި "ލަވް އެންޑް ވޯ" ހިމެނެ އެވެ.