ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒަމާނީ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ތިއޭޓަރުގައި ފުރިހަމަ ކެތު ލެބެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހައިބްރިޑް ތިއޭޓަރުގައި ސިކުނޑި އާއި ހިތުގެ ޕްރޮސީޖާތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅުކުރުން ފަދަ ހިދުމަތާ އެކު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
We are Excited to introduce a state-of-the-art Hybrid Operating Theatre with Cath Lab at Dharumavantha Hospital (DH11)! This advanced facility will enhance our services for neurological, cardiac, and peripheral interventional procedures, bringing world-class care to the Maldives.… pic.twitter.com/WktCd5QCB1
— IGMH (@igmhmv) October 11, 2024
އައިޖީއެމްއެޗާ އިންވެގެން އަދި އެ ތަނުގެ ބައެއްގެ ގޮތުގައި ހިންގަމުން އަންނަ 25 ބުރިީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. އެ ހޮސްޕިޓަލަކީ 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫއެކެވެ.