ކެމެރޫންގެ ރައީސް ޕޯލް ބިޔާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް ވާހަކައެއް މީޑިއާތަކުގައި ގެނެސްދިނުން މަނާކޮށްފި އެވެ.
ބައެއް މީޑިއާތަކުން އޭނަ އަވަހާރަވެއްޖެ ކަމަށް ވެސް ރިޕޯޓްކުރުމާ ގުޅިގެން، ރައީސްގެ ސިއްހީ ހާލަތާ ބެހޭ ވާހަކަތައް ގެނެސްދިނުން މަނާކޮށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ޕޯލް އަޓަންގާ އެންޖީ ވިދާޅުވީ ރައީސްގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އަމިއްލަ މީޑިއާތަކާއި ސޯޝަލް މީޑިއާގައ ވެސް އެއްވެސް ވާހަކައެއް ފެތުރުން މަނާކުރީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށްވާތީ ކަމަށެވެ. އަދި ތަފާތު ގޮތްގޮތަށް ރައީސްގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަތައް ފެތުރުމުން އާންމުންގެ ތެރޭގައި ނުތަވަސްކަން އުފެދޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ރައީސްގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އެއްވެސް މިޑިއާއެއްގައި އަދި އެއްވެސް ސޯޝަލް ޕްލެޓްފޯމެއްގައި އެއްވެސް ފަތުރިފައިފި ފަނަ އެކަން ކުރި ބަތަކަށް ހަރުކަށި ފިޔަވަޅި އަޅަން ހުރިހާ ސްޓޭޓް ގަވަރުންނަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ބެއިޖިންގައި ބޭއްވި "ޗައިނާ-އެފްރިކާ ސަމިޓް" އަށް ފަހު އެ މަހުގެ 8 ގެ ފަހުން 91 އަހަރުގެ ރައީސްގެ އޭނަގެ އެއްވެސް ޚަބަރެެއް ޛަބަރެއް ނުވެ އެވެ. އެހެންވެ އޭނަގެ ސިއްހީ ހާލަތު ވަރަށް ވޯސް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު އެކަން ދޮގުކޮށް ކެމެރޫންގެ ސަރުކާރުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސްގެ ސއްހީ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށާއި އޭނަ މި ވަގުތު ހުންނެވީ އަމިއްލަ ދަތުރެއްގައި ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކަމަށެވެ.
ބިޔާ ކެމަރޫންގެ ރައިސްކަން ކުރައްވާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނަ އެ ގައުމުގެ ވެރިކަމަށް ވަޑައިގެންނެވީ 1982 ގަ އެވެ. ބިޔާ އަކީ ކެމެރޫންގެ 2 ވަނަ ރައީސެވެ.
ރައީސްގެ ސިއްހީ ހާލަތުގެ ވާހަކަ މީޑިއާތަކުން ގެނެސްދިނުން މަނާކުރުމާ ގުޅިގެން ކެމެރޫންގެ ވަރަށް ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް، އެއީ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިތުން ކަމަށް ސިފަކޮށްފައިވެ އެވެ.