ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހެނދުނު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. މި ހާދިސާގައި ދެ ސައކަލްގައި ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައްވެގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ. މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި ފަހަކަށް އައިސް އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ބޮޑެތި އެކްސިޑެންޓްތައް ހިނގާތީ ފުލުހުން އަންނަނީ ޓްރެފިކް ބަލަހައްޓަން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްވި ދެ ޒުވާނަކު މަރުވެފައިވެ އެވެ.