ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ޓޫރިޒަމް ދާއިރާ އިން ތަމްރީނު ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިއަދު ބުނީ ޓްރެއިނިން ޕްރޮގްރާމަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ވަލްޑޯސް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެހެންވެ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ވަނީ އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެެވެ.
އެޕްލައި ކުރަން ޖެހެނީ ސީވީ އާއި ތައުލީމީ ސެޓްފިކެޓް މި މެއިލަށް ފޮނުވައިގެންނެވެ.
ސޯޝަލް މިނިސްޓްރީން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ އެ މީހުން ކުރިއަރުވަން އެކިއެކި އިދާރާތަކުންނާއި ކުންފުނިތަކުން މަގުތައް ކޮށައި ދެމުންނެވެ. އެގޮތުން މިހާރު ވެސް މިފަދަ ބައެއް ޕްރޮގްރާމްތައް ކުރިއަށް އެބަދެ އެވެ.