Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

"ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި

ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރު ސޮސައިޓީ ގުޅިގެން "ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި އެވެ.

ހުޅުމާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ބޭއްވި ޕިންކް ރިބަން ހަރަކާތުގައި ގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ.

"ޕިންކް ރިބަން ރަން ވޯކް" ހަރަކާތަކީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކޮށް ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރު ކޮށްދޭ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވާން ބީއެމްއެލްގެ މާލީ އޭހީތެރި ކަމާއެކު ހިންގާ ހަރަކާތެކެވެ.

ބީއެމްއެލް އިން 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީގެ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ދެ އެވެ.