Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

އިއްޔެ އެންމެ ވައިގަދަވީ ދަރަވަންދޫ އަށް

ފޮޓޯ: އައްޑޫލައިވް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ބ. ދަރަވަންދޫ އަށް ކަމަށް މޯލްޑިވްސް މީޓިިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދަރަވަންދޫ އަށް އިއްޔެ ވަނީ ވިލާގަނޑުގައި 65 މޭލަށް ވައިގަދަވެފަ އެވެ. ދެން އެންމެ ވައިގަދަވީ މާލެއަށެވެ. މާލެއަށް ވިލާގަނޑުގައި 56 މޭލަށް ވައިގަދަވެފަ އެވެ.

އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 37.2 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ހުޅުމާލެއަށް ވަނީ 36.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މާލެއަށް 31.0 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މާލޭ ސަރަހައްދުގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހުނީ ރ. އިފުރަށެވެ. އެ ރަށަށް 34.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓް އޮފީހުން ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ.