Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ

ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން، އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ އެވެ.

އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައި އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ ވަނީ ސަރުކާރަށް ޚިދުމަތް ކުރައްވާފަ އެވެ.

އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވުމާ ގުޅިގެން އެ އާއިލާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.