Last Updated: October 18, 16:25
Friday, October 18, 2024
ޚަބަރު

މެލޭޝިއާގައި ބޭއްވި ގުރުއާން މުބާރާތުން ޝާޔާއަށް ތިންވަނަ

މެލޭޝިއާގައި ބޭއްވި ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ފާތިމަތު ޝާޔާ ޒާހިރު، މުބާރާތުން ތިންވަނަ ހޯދައިފި އެވެ.

ޝާޔާ ތިންވަނަ ހޯދީ މެލޭޝިއާގައި ބޭއްވި 64ވަނަ މެލޭޝިއާ އިންޓަރނޭޝަނަލް އަލްޤުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024“ ޤުރްއާން މުބާރާތުގެ ރިސައިޓަލް ކެޓެގަރީންނެވެ.

ޝާޔާގެ މި ކާމިޔާބީއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝާޔާ އާއި އާއިލާ އަށް މަރުހަބާ ދަންނަވާފަ އެވެ.

ޝާޔާ އަކީ އިސްކަންދަރު ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ.