Last Updated: October 18, 16:04
Friday, October 18, 2024
ޚަބަރު

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީ އަށް

އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސްމެބްލީގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ސްވިޒަލޭންޑްގެ ޖެނީވާ އަށް ފުރާވަޑައިގެންފި އެވެ.

އައިޕީޔޫ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 17 ގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވަ އެވެ.

ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150 އަށް ވުރެ ގިނަ ޤައުމުގެ މަޖިލިސްތައް ތަމްޞީލުކުރެ އެވެ.