ރާއްޖެ މާލީ ކަންކަމާ ގުޅޭ ގޮތުން ލަފާ ހޯދަން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް އައްޔަންކޮށްފި އެވެ.
މިކަން ރޮއިޓާސް އިން ރިޕޯޓްކުރި ނަމަވެސް ދިވެހި ސަރުކާރުން، ސެންޓަވިއުއާ ހެދި އެއްބަސްވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ސަރުކާރުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފަ އެވެ.
ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އެމެރިކާއާ އަންނަނީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރާއި އިކޮނޮމިމް މިނިސްޓަރު ވެސް އެމެރިކާ އަށް ދަތުރުތަކެއް ކުރައްވާފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރައީސް އދ. އަށް ކުރެއްވި ދަތުރުގައި ވެސް އެމެރިކާގެ ބައެއް ކުންފުނިތަކާ ބައްދަލު ކުރައްވާފައިވެ އެވެ.
ރާއްޖެ އަށް މާލީ ކަންކަމާ ގުޅޭ ގޮތުން ލަފާ ހޯދަން އެމެރިކާގެ ކުންފުންޏެއް އައްޔަންކުރި އިރު، ރާއްޖޭގެ ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ޖީޑީޕީގެ 116 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ ޗައިނާ އާއި އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކެވެ.
ސެންޓާވިއު ޕާޓްނާސް އަކީ 2006 ވަނަ އުފެއްދި ފާމެކެވެ. އެތަނުގެ ހެޑްކުއާޓަރު ހުންނަނީ ނިއު ޔޯކްގަ އެވެ.