Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ފުވައްމުލަކު ފުލުުހުން ގައްދޫ މީހަކު ހޯދަނީ

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިިގެން ގދ. ގައްދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ އެ ރަށު ޖަމްނާ، ހުސައިން އަހުމަދު، 37، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ފުވައްމުލަކު ޕޮލިހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

ނަމަވެސް ހުސައިން ހޯދަނީ ސީދާ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނަ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާތީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވެ އެވެ.