ރ. އަލިފުށީގައި ހަދަމުން އަންނަ ޓިވެޓް ސެންޓަރުގައި އަންނަ އަހަރުގެ ކުރީކޮޅު ކޯސްތައް ހިންގަން ފެށޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އެ ސެންޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެތަނުގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި ސެންޓަރުގައި، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ޓިވެޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން 360" ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމަކާއި، ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައިބެ އެވެ. އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަގްލާސް ބޯޓްބިލްޑިން، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ތަފާތު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެ އެވެ.
އަލިފުށީ ޓިވެޓް ސެންޓަރުގެ އިންސްޓިޓިއުޓް ބްލޮކްގެ އިމާރާތްކުރުމުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މި މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި، ވޯކްޝަޕްތަކަށް ބޭނުންވާ އެކި ކަހަލަ މެޝިނަރީސް/ޓޫލްސް އަދި އެހެނިހެން ތަޢުލީމީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މި މަޝްރޫޢު ފުރިހަމަވުމުން، ރ. އަތޮޅަށާއި މުޅި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ އަށް ފާހަގަކޮށްލެ ވޭފަދަ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް މި އަލިފުށީއި ޤާއިމުވެ ތިބެގެން ތަޢުލީމް ހާޞިލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެކަމަޑޭޝަން ބްލޮކެއްގެ އަންނަނީ ހަދަމުންނެވެ. އެތަނުގެ 80.14 ޕަސެންޓް މަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ. މީގެ އިތުރުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ޚާއްޞަ ރިކްރިއޭޝަން ބްލޮކެއްގެ ވެސް އަންނަނީ ހަދަމުންނެވެ.
އެތަނުގެ 75 ޕަސެންޓް މަސައްކަތް ވެސް އޮތީ މިހާރު ނިމިފަ އެވެ.