Last Updated: October 18, 16:04
Friday, October 18, 2024
ޚަބަރު

ފުވައްމުލަކު މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ

ފުވައްމުލަކުގެ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަން ބަޔަކ ހަވާލުކޮށްފި އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މި މަސައްކަތަކީ ފުވައްމުލަކު ކައުންސިލްގެ ބަޖެޓުން 2,795,743.88ރ. ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ 10 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރަން ވަނީ ނިންމައިފަ އެވެ.

އެ މިސްކިތްތަކަކީ:

1- މަސްޖިދުލް އުއްމުލްޤުރާ
2- މަސްޖިދު ޢާއިޝާ
3- މަސްޖިދުލް ހިދާޔާ
4- މަސްޖިދުއްނޫރު
5- މަސްޖިދުއްސަލާމް
6- މަސްޖިދުލް ޙަޟާރާ
7- މަސްޖިދުއްތައުބާ
8- މަސްޖިދުލް އައްވާބު
9- މަސްޖިދުލް އިޙްސާން
10- މަސްޖިދުއްޞަފުވާ

މަސައްކަތް ނިންމުމަށް ދީފައި ވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.