Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ޑިމެންޝިއާ އަށް އައްޑޫގައި ޓެސްޓްކޮށް ދެނީ

ޑިމެންޝިއާ އަށް ޓެސްޓްކޮށް ދިނުމާއި އެ ބައްޔަށް ހޭލުންތެރިކަން އުފައްދަން މާދަމާ އައްޑޫގައި ހަރަކާތެއް ހިންގަން ނިންމައިފި އެވެ.

މިއީ މީގެ ކުރިން ވެސް އައްޑޫގައި ޑިމެންޝިއާ އަށް ހޭލުންތެރިކަން އުފައްދަން ޕްރޮގްރާމްތަކެއް ހިންގި އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުރްނާއީ ޑިމެންޝިއާ އާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގުޅިގެން ހިންގާ ހަރަކާތެކެވެ.

އެގޮތުން ބައްޔަށް ޓެސްޓްކުރުމާއި ހޭލުންތެރި ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އޭއީއެޗްގަ އެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 50-60 އަހަރުން މަތީގެ މީހުންނަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އަލްޒައިލާ އެސޯސިއޭޝަންގެ ނަމްބަރު 7375569 އިން ހޯދޭނެ އެވެ.