Last Updated: October 18, 16:04
Friday, October 18, 2024
ޚަބަރު

ގަޑުކުރި ކުކުޅުތަކެއްގެ ވެރިފަރާތް ހޯދަނީ

ގަޑުކުރި ކުކުޅުތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ގަނޑުކުރި ކުކުޅުތަކަކީ މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ފެނުނު އެއްޗެއް ކަމަށެވެ.

އެއާއެކު ޗިކަން ނަގެޓްސް އަދި ފިޔާތަކެއް ވެސް ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

‏މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.