Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ކުއްލި ހާލަތްތަކަށް ފެނަކަ މުވައްޒަފުން ތަމްރީނު ކުރަނީ

ފެނަކައިގެ މުވައްޒަފުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ބޭނުންވާނެ ތަމްރީނު ދިނުމަށް އެމްއެންޑީއެފްއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ އިން ބުނީ ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު މިހާރު މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން މިއަދު ވަނީ ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން، ފުވައްމުލަކު ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަނެއް ވަނީ ބާއްވާފަ އެވެ.

މީގެއިތުރުން އަލިފާން ނިއްވާނެ ގޮތް ދަސްކޮށްދޭ ބޭސިކް ޓްރެއިނިންއެއް ވެސް މި ޙަރަކާތުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.