Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ޑްރަގާއެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 30 ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުއްޓާ ޑްރަގާއެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، ޢަބްދުﷲ ފަޞީހް (24އ) އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަސް ކަމަށްވާއިރު، ކޯޓުން މިއަދު ވަނީ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފަ އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށެވެ.