Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

އިންޑިއާގައި ހުންނަ ދިވެހި ސަފީރު ބަދަލުކުރަނީ

އިބްރާހީމް ޝަހީބު

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހީމް ޝަހީބެވެ.

ޝަހީބުގެ ބަދަލުގައި އެހެން ބޭފުޅަކު ސަފީރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ޝަހީބު އެހެން މަގާމަކަށް ބަދަލުކުރަނީ ކަމެއް ނުވަތަ އޭނާ މަގާމުން ވަކިކުރަނީ ކަމެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

ޝަހީބު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު، 2022، ގަ އެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުލުކޮށްފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ.