Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ފަލަސްތީނު ރައްޔިތުން ދައްކަނީ ހިތްވަރުގެ ނަމޫނާއެއް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ކުރިމަތީގައި ފަލަސްތީނު ރައްޔިތުން ދައްކަމުން އަންނަނީ ހިތްވަރުގެ ނަމޫނާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްތިޢުމާރީ ބާރުގެ އަނިޔާވެރި ޢަމަލުތަކުގެ ކުރިމަތީގައި ފަލަޞްޠީނުގެ ރައްޔިތުން ދައްކަމުންދަނީ ހިތްވަރާއި ޢަޒުމާއި ކެތްތެރިކަމުގެ ދެވަނައެއް ނެތް ނަމޫނާއެއް ކަމަށެވެ.

"ފަލަޞްޠީނާއި އަނިޔާ ލިބެމުންދާ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންނަށް ނަޞްރު ދެއްވާށި،" ޝަހީމް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާރު ހަމަލާތައް އަމާޒުކުރަމުން ދަނީ އެގައުމުގެ އުތުރުގެ ސަރަހައްދުތަކަށެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނުގެ އުތުރަށް ދިން ހަމަލާތަކުގައި ފާއިތުވި އަށް ދުވަސްތެރޭ 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ގަތުލްއާންމެއް ހިންގަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި 42،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

ފަލަސްތީނުގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވެސް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.