އިންޑިއާގެ މުމްބާއީ އިން އެމެރިކާގެ ނިއު ޔޯކަށް ދަތުރު ފެށި ފަހުން އެއާ އިންޑިއާގެ ބޯޓަކަށް ދިން ބޮމުގެ އިންޒާރަކާ ގުޅިގެން ނިއު ދިއްލީ އަށް އަނބުރާ ޖައްސާލައިފި އެވެ.
މީޑިއާތަކުން މިއަދު ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ބޯޓް ދިއްލީގެ އިންދިރާދީ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓް ޖައްސައި، ބަލަން ޖެހޭ ކަންކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
Flight AI119 operating from Mumbai to JFK on October 14 received a specific security alert and on instructions of the government's security regulatory committee was diverted to Delhi. All passengers have disembarked and are at the Delhi airport terminal: Air India Spokesperson https://t.co/x9scGAXPM5 pic.twitter.com/p1L5Qt6yWu
— ANI (@ANI) October 14, 2024
ބޮމުގެ އިންޒާރާ ގުޅިގެން އެއާ އިންޑިއާގެ ފްލައިޓް އޭއައި119 ދިއްލީ އަށް ލޭންޑްކޮށް ބޯޓުން ދަތުރުކުރި އެންމެން ބޯޓުން ބާލައި، ސަލާމަތީ ގޮތުން ބަލަން ޖެހޭ އިތުރު ކަންކަން ބަލައި، ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެއާ އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް އެއާ އިންޑިއާގެ ބޯޓަކަށް ބޮމުގެ އިންޒާރެއް ދީފައިވެ އެވެ. އެ ފަހަރު އިންޒާރު ދިނީ މުމްބާއީ އިން ކެރަލާ އަށް ދަތުރުކުރި ބޯޓަކަށެވެ.
އެއާ އިންޑިއާ އަކީ އިންޑިއާގެ ގައުމީ އެއާލައިނެވެ.