Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ރައީސްގެ އދ. ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ހޭދަކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި ދަތުރު ރައީސް ކުރެއްވީ ސެޕްޓެމްބަރު 20 އިން 29 އަށެވެ.

ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ނުވަ ދުވަހުގެ އެ ދަތުރަށް 2,455,583.01ރ. ހަރަދުކުރި އެވެ. ނަމަވެސް ވަކިވަކި ކަންކަމަށް ހިނގި ޚަރަދުގެ ތަފުސީލް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްގެ އަރިހުގައި ވަޒީރުން ހިމެނޭ ގޮތަށް ދިވެހި ބޮޑު ވަފްދެއް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި އަދި ބޭރުގެ އެހީދޭ ބައެއް ޖަމިއްޔާތަކާއި ބައްދަލުކުރައްވާފަ އެވެ.