Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

އއ. ގަނގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

މަރުވީ އުމުރުން 27 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ފުލުހުން ބުނީ، އއ. ގަނގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އިއްޔެ 11:22 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.