Last Updated: October 18, 13:37
Friday, October 18, 2024
ޚަބަރު

ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަން ނިންމައިފި

އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ފްލައިޓް - ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީނު ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަކުރަން އެންމެފަހުން ސަރުކާރުން ނިންމައިފި އެވެ.

ދިވެހި އޮފިސަރުން އެއްވެސް ވަރަކަށް ޑޯނިއާ ދުއްވިތޯ ސާފުކުރަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވަނީ އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަނުކުރަން ނިންމާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނިންމުން ބަދަލުކޮށް މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ނިންމުން ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާތައް ދުއްވަމުން އަންނަނީ އިންޑިއާގެ ސިވިލް މީހުންނެވެ. ޑޯނިއާ ދުއްވަން އެމްއެންޑީއެފްގެ ދެ އޮފިސަރަކު 2021 ވަނަ އަހަރު ތަމްރީނުތައް ފުރިހަމަކޮށްފައިވީ ނަމަވެސް މިހާތަނަށް އެ އޮފިސަރުން ދުއްވަން މި އުޅަނދުތައް ދީފައެއް ނުވެ އެވެ.