Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މަރަދޫ ގެއެއްގެ ތެރޭގައި ހުރި އޭސީތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 17:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ހަވީރު 17:45 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.