Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ޑޯނިއާ ދުއްވޭނެ ދިވެހި ޕައިލެޓަކު މިވަގުތު ނެތް

ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން - ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވޭނެ ޕައިލެޓަކު މިވަގުތު އެމްއެންޑީއެފްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިި އެވެ.

ދިވެހި އޮފިސަރުން އެއްވެސް ވަރަކަށް ޑޯނިއާ ދުއްވިތޯ ސާފުކުރަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވަނީ އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަނުކުރަން ނިންމާފަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް އެ ނިންމުން ބަދަލުކޮށް ޑިފެންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ ޑޯނިޔާ ދުއްވުމަށް ދިވެހި ސިފައިންގެ ހަތަރު މީހަކު ތަމްރީނު ހެދި ކަމަށާއި އޭގެ ތެރެއިން އެއް ޕައިލެޓަކު އޮގަސްޓު 2022ގައި އެމްއެންޑީއެފް އިން ވަކިވެފައިވާއިރު ދެ ވަނަ އޮފިސަރު އޮގަސްޓު 2023ގައި ވަކިވެފައިވާ ކަމަށެވެ.

އަދި ތަމްރީނު ހެދިި އަނެއް ދެ އޮފިސަރުން އެމްއެންޑީއެފްގެ ވަޒީފާގައި ތިބި ނަމަވެސް އެ ދެ އޮފިސަރުންގެ ރޭޓިން ހަމަވެފައިވާ ކަމަށް ޑިފެންސުން ބުނެ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ މި ވަގުތު އެމްއެންޑީއެފްގެ ޕައިލެޓުން ޑޯނިއާ މަތިންދާބޯޓު ދުއްވަމުން ނުދާ ކަމަށްވެސް ބުނެފަ އެވެ.